މޯލްޑިވްސް ޕޮލިސް ސާވިސް

ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި

އައ. ރަސްދޫގައި ފުލުހުންގެ ބެލުމުގައި ދަށުގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހާ ހޯދައިފި އެވެ.

އިއްޔެ ހަވީރުން ފެށިގެން ހޯދަމުން ދިޔައީ އއ. ހިމަންދޫ ދަބުގޭ ހުސައިން ޝަހުބާން އެވެ. އޭނާ މިރޭ 6:35 ހާއިރު އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ.

ހުސައިން ޝަހްބާންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ސޯޝަލްމީޑިއާގައި އާންމުކުރި ޕޯސްޓެއް ޝެއާ ކުރި އެންމެންނަށްވެސް ފުލުހުން ޝުކުރު އަދާކުރި އެެވެ.

ހުސައިން ޝަހްބާން ފިލީ މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރުމުން ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ، އެތަނުގެ ގޯތި ތެރެއަށް ނެރުނު ވަގުތު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބަންޖެހެނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށްވީ ނަމަވެސް އަތޮޅު ތެރޭގައި އެފަދަ އަމުރުކުރާ މީހުން އާންމުކޮށް ބައިތިއްބަނީ ޕޮލިސް ސްޓޭޝަންތަކުގަ އެވެ. އެގޮތަށް ތިބޭ ބައެއް މީހުންގެ ފަރާތުން މީގެކުރިންވެސް ބައެއް ނޭދެވޭ އަމަލުތައް ފެނިފައިވެ އެވެ.