ދުނިޔެ

ސްކޫލުގައި ބަޑިޖެހި މައްސަލާގައި ސާބިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސާބިއާގައި ސްކޫލެއްގައި ބަޑިޖެހި ހާދިސާގައި ސިފައިހް ހަރަކާތްތެރިވަނީ
0%
0%
0%

ސާބީއާ ސްކޫލެއްގައި ދެ ދުވަހެއްގައި ހިނގާދިޔަ ބަޑިޖެހުމުގެ މައްސަލައަކާ ގުޅިގެން ސާބިއާގެ އެޑިޔުކޭޝަން މިނިސްޓަރު، ބްރާންކޯ ރޫޒިޗް އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑުވަޒީރު އަނާ ބްރާނާބިޗް އަށް އެޑްރެސް ކުރައްވައި ވަޒީރު ފޮނުއްވި ސިޓީގައި -- ވަޒީފާ ދެން ބޭނުން ނުވާ ކަމަށް ވިދާޅުވެ ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ.

ރޫޒިޗް ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވާނެކަން އޭނާ ވާނީ ބޮޑުވަޒީރަށް އަނގަބަހުން ވެސް ދަންނަވާފަ އެވެ.

ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުންނަ ސްކޫލެއްގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި އަށް ކުއްޖަކާއި ސެކިއުރިޓީ ގާޑެއް މަރުވެފައިވެ އެވެ. އިދާރާތަކުން ބުނާ ގޮތުން ބަޑިޖެހީ ފުރާވަަރު އުމުރުގެ ކުއްޖެކެވެ.

މިފަދަ އެހެން ހާދިސާއެއްގައި ސާބިއާގެ އެހެން ހިސާބެއްގައި ހުންނަ ސްކޫލެއްގައި ހަ ކުއްޖަކަށާއި އަންހެން މުދައްރިސަކަށް ވަނީ އަނިޔާވެފަ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ހަމަލާދިން 14 އަހަރުގެ ކުއްޖާ ބޭނުންކޮށްފައިވަނީ އޭނާގެ ބައްޕަގެ ފިސްތޯލަ އެވެ. މިއީ ކޮން ބޭނުމެއްގައި އޭނާ ކުރި ކަމެއްކަން އަދި މުޅިން ސާފުނުވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުން ހަމަލާ ދިނުމުގެ ކުރިން އޭނާ ވަނީ މިކަމަށް ތައްޔާރުވެފަ އެވެ. އަދި ބަޑިޖެހުމަށް ވަކި ބަޔަކު ލިސްޓްކޮށް އޭނާ ވަނީ ފިކުރީ ގޮތުން ތައްޔާރުވެފަ އެވެ. އެހެންނަމަވެސް އެކަމަށް މަގުފަހިކުރުވި ސަބަބު އަދި ހާމައެއް ނުކުރެ އެވެ.

ސާބިއާގައި ސްކޫލުތަކަށް ވަދެ ބަޑިޖެހުމަކީ ވަރަށް ނުހިނގާ ކަމެކެވެ. އެހެންނަމަވެސް، އެމެރިކާ އާއި ރަޝިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި މިފަދަ ހާދިސާތައް ތަކުރާރުކޮށް -- ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345