އާޒިމާ ޝަކޫރު

ގެއްލުނު ސަރަހައްދު އަނބުރާ ހޯދޭނެ: އާޒިމާ

ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު އާއި ޑރ. މުހައްމަދު މުނައްވަރު އިޓްލޮސްގެ ނިންމުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަނީ
50%
0%
50%

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއިން ގެއްލުނު ސަރަހައްދު ހޯދޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވީ އިޓްލޮސްގެ ހުކުމް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިއްފަތު ވިދާޅުވެފައިވާތީ ރައްދު ދެއްވަމުންނެވެ. ރިއްފަތު ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ އެއްވެސް މާއްދާއަކުން އިޓްލޮސްގެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ އިޓްލޮސްގެ ނިންމުމެއްގެ ދާއިރާ ނުވަތަ މާނައާމެދު ސުވާލު އުފެދޭ ހާލަތުގައި އެ މައްސަލައިގެ ނިންމުން ތަފުސީރުކުރަން ހުށަހެޅޭނެ ކަމަށް އިޓްލޮސްގެ އިޖުރާއީ އުސޫލުތަކުގައި ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ނަމަވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހެޅޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު އާއި ޑރ. މުހައްމަދު މުނައްވަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އިޓްލޮސްގެ ނިންމުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަނީ

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުންދާއިރު އާޒިމާ ވިދާޅުވީ ގެއްލުނު ސަރަހައްދު އަނބުރާ ހޯދޭނެ ކަމަށެވެ.

"ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ،" އާޒިމާ ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސް އިން ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބެސްޓީ

އަހަރެންގެ އުންމީދަކީ ތިޔަ މަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކުރުން

ލި މް

ހޯދޭނޭކިޔާފަ ވެރިކަ މަށް އަރާ އަނެއްކާ ވައްކަންކުރަން ވެގެން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910