މިނިސްޓްރީ އޮފް ހެލްތު

ލޭ އަޅަން ބޭނުންވާ ސާމާނު 112 ހެލްތް ސެންޓަރަކަށް

ލޭ އަޅަން ބޭނުންވާ ސާމާނު އަތޮޅު ތެރޭގެ 112 ހެލްތް ސެންޓަރަކަށް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހެލްތު ސެންޓަރުތަކަށް ހަދިޔާކުރި ތަކެތީގެ އަގު 119 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ބްލަޑް ކަލެކްޝަން މޮނިޓާ, ބްލަޑް ބޭންކް ރެފްރިޖަރޭޓާ, ޕްލެސެންޓާ އެކްސްޓްރެކްޓާ އަދި ޝޭކާ ވެސް ހިމެނެ އެވެ.

މިނިސްޓަރު ނަސީމު މިއަދު ވިދާޅުވީ ހެލްތު ސެންޓަރުތަކަށް ހަދިޔާ ތަކެއްޗާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ލޭ އެޅުުމުގެ ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިވި ހެލްތު ސެންޓަރުތަކުގެ ބައެއް ބޭފުޅުން ވެސް ވިދާޅުވީ ހެލްތު މިނިސްޓްރީން ހަދިޔާކުރި ތަކެއްޗާ ގުޅިގެން ލޭ އެޅުމުގެ ހިދުމަތަށް ވަރަށް ބޮޑު ލުއިތަކެއް ލިބެ ހިދުމަތް އަވަސް ވާނެ ކަމަށެވެ. އަދި ލޭ އެޅުމުގެ ހިދުމަތް ދިނުމުގައި ކުރިން ބައެއް ހޮސްޕިޓަލްތަކަށް ބަރޯސާވާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެގޮތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމުގައިވެސއް ބައެއް ބޭފުޅުން ވިދާޅުވި އެވެ.