ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނޭ ގޮތަށް ފުލުހުންގެ އެންމެ އިސްވެރިން ބ. އަތޮޅުގެ ދެ ރަށަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފި އެވެ.
ސީޕީ ހަމީދުއާއި ފުލުހުންގެ އިސްވެރިން ބ. އަތޮޅަށް ވަޑައިގަތީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ރޭ އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިރަސްމިއްޔާތުގެ ކުރިން ސީޕީ ހަމީދު ވަނީ އޭދަފުށީގައި މަގުތަކުގައި ހިންގަވާ އަދި ބައެއް ތަންތަނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފަ އެވެ.
ވޯކް އެންޑް ޓޯކްގެ ނަމުގައި އޭދަފުށީގެ އިތުރުން ބ. މާޅޮހުގައިވެސް އިއްޔެ ހަވީރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.
މާޅޮހުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އިސްކޮށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެވެ.
ފުލުހުން ބުނާ ގޮތުގައި މިހަރަކާތުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ހިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް ބަލައި ހިދުމަތަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމެވެ.
ސީޕީ އަހްމަދު މިދިޔަ އަހަރުގެ ތެރޭގައި މާލޭގެ ބައެއް ގޭގެއަށް ވެސް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އެއްސެވި އެވެ.