މޯލްޑިވްސް ޕޮލިސް ސާވިސް

އއ. މާޅޮހު ޒުވާނަކު ގެއްލިގެން ހޯދަނީ

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި އެވެ.

ގެއްލިގެން ހޯދަނީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން (21އ) އެވެ.

ފުލުހުން ބުނީ ރިޝާންގެ އާއިލާއަށް ހަބަރެއް ނުވާތީ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އަލީ ރިޝާން މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.