މޯލްޑިވްސް ޕޮލިސް ސާވިސް

ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ

ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ބ. މާޅޮހުން ސްނޯކްލިންއަށް ގޮސް އުޅުނު މީހެއްގެ ހިތާ ދިމާއިން މެއަށް ހިބަރެއްވެ ތުންގަނޑު ހެދިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:10 އެހާކަންހާއިރު އެވެ. އެ މީހާ ވަނީ ފަރުވާ ދެނިކޮށް މަރުވެފައެވެ.

މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

ހިބަރުގެ ތުންގަނޑު ހެރިގެން މީގެ ކުރީންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.