މަސްތުވާތަކެތި

ރާއްޖެއާއި ގުޅިފައިވާ 2.5 ޓަނުގެ ޑްރަގްސް އަތުލައިފި

ރާއްޖެ ހިމެނޭ ގޮތަށް މިސަރަހައްދުގެ ތިން ގައުމަކަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަތުލައިގަނެފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އިއްޔެގެ ވަގުތެއްގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެތަމްޕެޓަމައިން (މެތު) އެެވެ.

ކަނޑު ބޯޓެއްގައި މިތަކެތި އެތެރެކުރަން މަސައްކަތް ކުރީ ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ އަށެވެ.

ޕާކިސްތާނުން ފުރައިގެން ދަތުރުކޮށްފައި ދަނިކޮށް ބޯޓު އަތުލައިގަތީ އިންޑިއާގެ ކޮޗީގެ ބޭރުން ދަތުރުކޮށްފައި ދަނިކޮށެވެ.

ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ހުރި ބޯޓު ވަނީ މިހާރު ކަނޑުއަޑިއަށް ފެތިފައިވީ ނަމަވެސް ބޯޓުގައި ހުރި 134 ބަސްތާ އިންޑިއާގެ އެންސީބީގެ އޮފިސަރުން ވަނީ ނަގާފަ އެެވެ.

އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީގެ އަގު 15،000 ކްރޯޑު ރުޕީސް -- 28 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ރާއްޖެއަށް ކަނޑުމަގުންނާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާއިރު މިފަދަ ތަކެތި އަތުލައިގަނެވޭ ނިސްބަތްވެސް ވަނީ މަތިވެފަ އެވެ.