ދުނިޔެ

އަބްރަހަމް އެކޯޑްސް އަކީ ބޭކާރު މުއާހަދާއެއް

އަބްރަހަމް އެކޯޑްސް އަކީ އަރަބި ގައުމުތަކުން އިޒްރޭލު ބަލައިގަނެ ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމަށް ބާރުއެޅުމަށް ސެޕްޓެމްބަރު 2020 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލެއްވި މުއާހަދާ އެކެވެ.

މި އެއްބަސްވުމުގެ ދަށުން އަރަބި ހަތަރު ގައުމަކުން -- ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން، ސޫދާން އަދި މަޣްރިބުކަރަ އިން ވަނީ އިޒްރޭލާ އެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކޮށްފަ އެވެ.

އަރަބި ގައުމުތަކުން އިޒްރޭލަށް މި ފުރުސަތު ދިނުމުގެ ފަހަތުގައި އިގުތިސާދީ އަދި ސަލާމަތީ ވިސްނުންތަކެއް އޮތް ނަމަވެސް، ފަލަސްތީންގެ މައްސަލަ އަށް ހައްލެއް ހޯދުމަކީ މަޝްވަރާކުރެވިފައި އޮތް މައުލޫއެކެވެ.

އެހެން ނަމަވެސް، އަރަބް ނިއުސް އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުން -- އިޒްރޭލަށް ލިބުނު މި ފުރުސަތުގެ ބޭނުން ހިފާކަށް އެ މީހުންނަކަށް ނޭނގުނެވެ.

އަބްރަހަމް އެކޯޑްސް އެއްބަސްވުމާ ބެހޭ ގޮތުން ފެންނަ ގޮތް ބުނެދިނުމަށް އެދި އަރަބް ނިއުސް އިން ފަލަސްތީން ރައްޔިތުންގެ މެދުގައި ނެގި ވޯޓަކުން 64 ޕަސެންޓް ބުނެފައި ވަނީ އެއީ ބޭކާރު މުއާހަދާއެއް ކަމަށެވެ.

އަރަބް އެކޯޑްގެ ސަބަބުން އިޒްރޭލުގެ ނޭއްގާނީކަން އިތުރުވުން ނޫން ކަމެއް ނުވާ ކަމަށް ވޯޓުދިން މީހުން ވަނީ ބުނެފަ އެވެ.

އަބްރަހަމް އެކޯޑްސް މުއާހަދާ އަކީ މެދުއިރުމަތީގެ ސިޔާސަތު މުޅިން ބަދަލުކޮށްލާނެ އެއްބަސްވުމެއް ކަމަށް ބެލުވުނު ނަމަވެސް، އިޒްރޭލުގެ އަމިއްލަ އެދުމުގެ ސަބަބުން މި އެއްބަސްވުން ވައިގައިހިފާ ގޮތް ވަނީ ނުވެފަ އެވެ.

އަރަބި ގައުމުތަކުން އިޒްރޭލު އެދޭހާ ކަމެއް ކޮންދިން ނަމަވެސް، އެކަށީގެންވާ ބަދަލެއް ދިނުމަކީ އިޒްރޭލަށް ކެތްވާ ވަރުގެ ކަމަކަށް ނުވެ އެވެ.

ފަލަސްތީންގެ އާންމުން ގަބޫލުކުރާ ގޮތުގައި އަބްރަހަމް އެކޯޑްސްގެ އަސްލު ބޭނުން ހާސިލެއް ނުވެ އެވެ. އެއީ މިހާރުން މިހާރަށް އުވާލަން ޖެހިފައި އޮތް މުއާހަދާއެއް ކަމަށް ވޯޓުދިން ބައެއް މީހުން ވަނީ ބުނެފަ އެވެ.

އަބްރަހަމް އެކޯޑްސް އަކީ ރަނގަޅު ނިޔަތެއް އޮތް އެއްބަސްވުމެއް ނަމަވެސް -- ވޯޓުދިން ގިނަ މީހުން ބުނަނީ އިޒްރޭލަކީ އެހެން ބަޔަކާ އެކު އުޅެން ދަންނަ ގައުމެއް ނޫން ކަމަށެވެ.