އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ހުށަހަޅުއްވައިފި

May 15, 2023

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

އަފްޝަން މިއަދު އަވަސްއަށް ވިދާޅުވީ އެލްޖީއޭގެ ސީއީއޯގެ ގޮތުގައި ވަޒީފާއަށް ނިކުންނަވާނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަފްޝަން އިތުރަށް ވިދާޅުވީ އޭނާގެ އިސްތިއުފާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ. އަދި އޭނާގެ ހިދުމަތަށް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތައް ރެގިއުލޭޓް ކުރާ އިދާރާ -- އެލްޖީއޭގެ ސީއީއޯގެ މަގާމަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގައެވެ.

ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުުއްވާފައިވާ އަފްޝަން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ ފިރިކަލުން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުވެސް މަގާމުން ވަކިކުރައްވާފައި ވަނިކޮށެވެ.

އަމްރު މަގާމުން ވަކިކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ޕާޓީގެ އުސޫލުތަކާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގެވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަފްޝަންއާއި އަމްރު ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ.