ޕޮލިޓިކްސް

"އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދީފިނަމަ އިންސާފު ގެއްލޭނެ"

Jan 14, 2020
5
ރައީސް ނަޝީދު ބާރަށުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ | އެމްޑީޕީ
0%
0%
100%

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ހދ. ހަނިމާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށާއި އެ ބޭފުޅުންނަށް އެކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން އިދިކޮޅު ފަރާތްތައް ބޭނުން ނުވާނެ ކަމަށާއި އެ ފަރާތްތައް ބޭނުންވީ މާލޭގަ އާއި ހަނަފަސް ހިކި ބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް އެންމެން އަޅާލަން ކަމަށެވެ.

ލާމަރުކަޒީ ނިޒާމް އަލުން ގެނައީ އެމްޑީޕީ ކަމަށާއި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ މުޅި އިންސާފު ގެއްލޭނެ ކަމެއް ކަަމަށް ވެސް ރައީސް ނާޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަލުން އަނބުރާ ލާމަރުކަޒު ނިޒާމް މި ރާއްޖޭގައި ގާއިމް ކުރީމަ އަޅުގަނޑު ރޭގައި ދިއްދޫގައި ދެންނެވިން، މި ޕާޓީ ހަދާ ހާއްޔަށް އެހެން ބަޔަކު ބިސް އަޅަން އަންނާނެ ކަމެއް ނެތޭ... އެ ބޭފުޅުން ދަންނަ ކަމެއް ނޫން އެއީ. ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރުމަކީ އަޅުގަނޑުމެން ކުރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާދަމް

އެމް.ޑީ.ޕީ އަށް ވޯޓް ދީގެން މިހާތަނަށް ރައްޔަތުން ނަށް ވެފައި އޮތީ މުޅިން ގެއްލުމާއި ހަލާކު. ވޯޓް ދިނުމުގައި އެއްމެހާ ބޭފުޅުން މިކަން ކަމަށް ރަނގަޅަށް ވިސްނަވާފަ ނޫނީ ވޯޓް ނުދެއްވާތި.

ރޯޝަންބެ

ކަލެމެންނައް ވެރިކަން ލިބުނީމަވެސް ކުރެވުނީ ކޮންކަމެއް، ގައުމު އޮތް ހާލު ފެނޭތަ،

ހަލީމް

އެމްޑީޕީ އައް ވޯޓް ދީގެން ވެރިކަމައް ގެނައިމަ ކަންތައް ވީގޮތް ފެނިއްޖެ، ދެންނޫޅޭން އަނެއްކާ ދޭކައް، ތިހެން ހެއްލޭނީ އެންމެފަހަރު

ކަރުކެހި

ތީ ހާދަހެއްވާ ސިޔާސަތެއްގެންގުޅޭ ބުރާންޗެކޭ އެބަޔަކު ބޭނުންވާބަޔަކައް ވޯޓުދެވޭނެ... މާގިނަވާހަކަތައް ނުދައްކާ ދޭންބުނި އުޖޫރަ ެއބަޔަކައްދެއްވާ އުޖޫރަދެވޭނީ މިވެރިކަން ނިމެންކައިރިވީމަތޯ؟؟؟؟

ކަނު

އިންސާފް ގެއްލުވާލާނެ ވާހަކަތޯ ތި ވިދާޅުވަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345