މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޑްރޯނެއްގައި ޖަލަށް ޑްރަގު ވައްދަން އުޅެނިކޮށް އަތުލައިގެންފި

May 15, 2023

ޑްރޯންއެއް ބޭނުންކޮށްގެން ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯންއެއް ބޭނުންކޮށްގެން މިއަދު ހެނދުނު ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ސިމް ކާޑްތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

ޑްރޯން ވައްޓާލުމަށްފަހު އަތުލައިގެން މަސްތުވާތަކެތީގެ ފަސް ބްލެޓްގެ ބަރުދަނުގައި 29 ގްރާމު ހުރި ކަމަށާއި އަދި ފަސް ސިމް ކާޑު އަތުލައިގަނެވިފައިވާ ކަމަށްވެސް ސީޕީ އަހްމަދު ވިދާޅުވި އެވެ.

ސީޕީ އާންމުކުރެއްވި ފޮޓޯތަކުން އެނގޭ ގޮތުގައި މަސްތުވާތަކެއްޗާއި ސިމް ކާޑުތައް ޖަލަށް ވައްދަން އުޅުނީ ޑްރޯނެއްގައި ކަންވާރަކާއި ބުޅިއެއް އައްސައި ބުޅީގައި އަޅުވާފައި އޮތް ޔޯގަޓު ފުޅިއެއްގެ ތެރެއަށް ތަކެތި އަޅާ ފޮރުވައިގެންނެވެ.

ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކުވެސް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް ވަޒީފާ އިން ސަސްޕެންޑްކޮށްފައިވެ އެވެ.