އެސްޓީއޯ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހު 31ގައި

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތާރީހު އިއުލާންކޮށްފި އެވެ.

އެސްޓީއޯ އިން ނިންމާފައިވަނީ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

އެސްޓީއޯ އިން ބުނީ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި ޖަލްސާގައި ހާޒިރުވެގެންނާއި ޕްރޮކްސީގެ ގޮތުގައި އާއި އަދި މައިކްރޯސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ.

ޖަލްސާގައި ބައިވެރިވެވޭނީ އަހަރީ އާންމު ޖަލްސާ ފެށޭ ގަޑީގެ ކުރިން އެސްޓީއޯގެ ވެބްސައިޓްގައި އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓްރީވުމަށް ހަދާފައިވާ ޕޯސްޓަލް މެދުވެރިކޮށް ރަޖިސްޓްރީވާ ހިއްސާދާރުންނަށެވެ.

ޖަލްސާގައި ވޯޓުން ނިންމާ ކަންކަމުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "އެސްޓީއޯ ޕޯޓަލް" މެދުވެރިކޮށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމާއި، މިދިޔަ އަަހަރު އެސްޓީއޯއަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް އޮޑިޓަރަކު އައްޔަންކުރުންވެސް އޮންނާނެ އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށެވެ.