މޯލްޑިވްސް ޕޮލިސް ސާވިސް

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

May 17, 2023

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އަލީ އާތިފް ސާފީ (30އ) އެވެ.

ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އަލީގެ ހަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން މައްސަލަ ރިޕޯޓްކުރީ މިމަހުގެ 15 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން ބުނީ އަލީ އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި މިމަހުގެ 11 ވަނަ ދުވަހު އޭނާ މާލެ އައި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަލީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.