ރައްޔިތުންގެ މަޖިލިސް

ޖާބިރު ނަން އިއްވުމުން ބޭރަށް، ރޮޒައިނާ ނުނިކުންނެވި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރުގެ ނަން އިއްވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަންނަވަނިކޮށެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބު އޮތީ ވާހަކަ ދައްކައިގެން ކަމަށް ވިދާޅުވެފަ އެވެ.

ރައްދުގައި ނަސޭހަތްދިނުމުގެ ކަންކަން "އެހެން ގޮތަކަށް" ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ޖާބިރު ވަނީ އަޑުގަދަ ކުރައްވާ މަޖިލީހުގެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. ޖާބިރުގެ ނަން އިއްވީ މަޖިލިސް ދޫކުރައްވާ ވަޑައިގަންނަވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާގެ ނަން އިއްވީ މަޖިލީހުގައި އެހެން މެންބަރަކު ވާހަކަ ދައްކަވަމުން ދަނިކޮށް އަޑުގަދަ ކުރެއްވުމުންނެވެ.

ރޮޒައިނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުން "ނުނިކުންނާނަން" ކަމަށް ބުނެ ރޮޒައިނާ ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފަ އެވެ.

މަޖިލީހުގެ ތަޅުމުން ރޮޒައިނާ ނުނިކުންނެވުމުން ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލި އެވެ.

ހުސް ވަގުތުކޮޅަކަށްފަހު މަޖިލިސް ފެށިއިރުވެސް ރޮޒައިނާ މަޖިލީހުން ނުނިކުންނެވުމުން ރައީސް ނަޝީދު ވަނީ ރޮޒައިނާގެ ނަން އަލުން އިއްވަވާފަ އެވެ. އަދި ގަވާޢިދުގެ ބޭނުމަށް ރޮޒައިނާ މަޖިލީހުގައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގަވާއިދުގެ ބޭނުމަށްޓަކައި އަޅުގަނޑު މި ދެކެނީ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މިތާ ނެތް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910