ރައީސް މުހައްމަދު ނަޝީދު

ޝަރީފާ ދެކޮޅަށް ނަޝީދު ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް -- ފޮޓޯ: އަވަސް
0%
100%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އަނބުރާ ގެންދަވައިފި އެވެ.

ޝަރީފްގެ މައްޗަށް ނަޝީދު ދައުވާ ކުރެއްވީ އެމަނިކުފާނު ގަތުލުއާންމެއް ހިންގަން އުޅުނު ކަމަށް ދޭހަވާ ގޮތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝަރީފް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޝަރީފްގެ ޓްވީޓްގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ނަޝީދުގެ ދައުވާގައި އެދިވަޑައިގެންފައިވެ އެވެ.

ނަޝީދު އަނބުރާ ދައުވާ ގެންދެވީ އެ މައްސަލަ މިހާރު ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު ކަމަށް ކޯޓުގެ ލިޔުމުން އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ރައީސް ނަޝީދާއި އިބްރާހީމް ޝަރީފް ދޭތެރެދޭތެރެއިން ހިޔާލުތަފާތުވެ ދެބަސްވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345