ފ. ފިލިތެޔޮ ކައިރިން ކަނޑުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ލިބުނު މައުލޫމާތަކާ ގުޅިގެން ފ. އަތޮޅުގައި ތިބޭ ފުލުހުންނެވެ.
އަތުލައިގެން މަސްތުވާތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.
މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރު ވެސް ވަނީ ދެ ފަޅު ރަށެއްގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފަ އެވެ.