އާބަންކޯ

ރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިފި

May 19, 2023

އާބަންކޯ އިން ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފި އެވެ.

މި މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯ އެވެ.

ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައި ކުރިއަށްދާ މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އާބަންކޯއަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އާބަންކޯ އިން ބުނި ގޮތުގައި މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި އެ ކުންފުނިން ހަރަކާތްތެރިވަނީވެސް އެ މަގުސަދުގަ އެވެ.

މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި އާބަންކޯ އިން ފާހަގަކުރެ އެވެ.

މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެވެ.

އެގޮތުން ހުޅުމާލޭގައި މި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.