މޯލްޑިވްސް ޕޮލިސް ސާވިސް

ވަގު ޑޮލަރުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

May 21, 2023

ވަގު ޑޮލަރު ބޭނުންކުރުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހަކު އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހުސައިން ޒައިދާން އަލީ (23އ) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފަ އެވެ.

އޭނައާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ސްނެޕްޝޮޓާއި މައްސަލައިގެ ގެއްލުން ލިބުނު ފަރާތުގެ ބަޔާން ވަނީ ހުށަހަޅާފަ އެވެ.

ހުސައިން ޒައިދާން އަލީ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި ބާވަތުގެ ހަތް މައްސަލައެއް މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން މި ބާވަތުގެ ދެ މައްސަލައެއް ޝަރީއަތަށް ހުށަހެޅި މައްސަލަ ކޯޓުގައި ހިނގަމުންދާކަން ފާހަގަކޮށްފައިވެ އެވެ.