ފިނިޕޭޖް

އޯލިއީ ކްރެވާލޯ ލައިވްއެކްޝަން ފިލްމުގައި މޮއާނާގެ ރޯލު ނުކުޅޭނެ

އޯލިއީ ކްރެވާލޯ، ޑިޒްނީގެ އެނިމޭޓަޑް ފިލްމް "މޮއާނާ"ގެ ލައިވް އެކްޝަން ފިލްމަށް ޕެސިފިކް އައިލެންޑް ދަރިކޮޅުގެ އެކްޓްރެސް އެއް ހޯދަން ފަށައިފި އެވެ.

ޑިޒްނީއިން 2016 ގައި ނެރެފައިވާ "މޮއާނާ"ގައި އޯލިއީ، 22، މޮއާނާގެ އަޑު އަޅާފައިވާއިރު، އެ ފިލްމްގެ ލައިވް އެކްޝަން ފިލްމްގައި މޮއާނާގެ ރޯލު ނުކުޅޭނެ ކަމަށް ބުނެފައިވެ އެވެ. އޯލިއީ މިކަން ހާމަކޮށްފައިވަނީ އިންސްތަގްރާމްގައި އޭނާ ޕޯސްޓްކުރި ވީޑިއޯއެއް ގައެވެ.

މި ވީޑިއޯގައި އޯލިއީ ބުނީ އެ ފިލްމަށް އަޑު އާޅާފައިވަނީ 14 އަހަރުގައި ކަމަށާއި އޭގެ ސަބަބުން އޯލިއީގެ ހަޔާތް ރީތި ގޮތުގައި ބަދަލުވެ، ކެރިއާ ފެށިފައިވާ ކަމަށެވެ. އަދި ފިލްމްގެ ކާސްޓް އެ ކެރެކްޓާތައް އަދި ވާހަކަ އެންމެ ރަނގަޅަށް ތަމްސީލްކޮށްދޭން ވާނެކަމަށް ގަބޫލުކުރާ ކަމަށާއި މޮއާނާގެ ކެރޭ، ހިތްވަރުގަދަ ރޫހާއި މަޖާ ބަސްމޮށުންތެރިކަމާއި ގަދަ އިހްސާސްތައް ފަދަ ސިފަތައް ދޭހަކޮށްދޭ އެކްޓްރެސްއެއް ހޯދުމަށް ކެތް މަދުވެފައިވާ ކަމަށް އޯލިއީ ބުންޏެވެ.

އޮލިއީ މި ފިލްމާ ދުރައް ދިޔައީކީ ނޫނެވެ. އޯލިއީ މި އާ ޕްރޮޖެކްޓްގައި އެގްޒަކަޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.

ލިން މެނުއަލް މިރަންޑާ ޑައިރެކްޓްކޮށް މިއުޒިކް ހަދާފައިވާ "މޮއާނާ"ގެ އޮރިޖިނަލް ކާސްޓްގެ ތެރޭގައި ޖެމެއިން ކްލިމެންޓް، ޓެމުއޭރާ މޮރިސަން، ރޭޗަލް ހައުސް، ނިކޯލް ޝާޒިންގާ އަދި އެލަން ޓުޑީކް ހިމެނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ލައިވްއެކްޝަން ފިލްމްގައި އޮރިޖިނަލް ކާސްޓް މެންބަރުން ވީހާވެސް ގިނައިން ބެނުންކުރާނެ އެވެ.

ޑިޒްނީން ޕްލޭންކޮށްފައިވާ ލައިވް އެކްޝަން ރީމޭކްތަކުގެ ތެރޭގައި "ލީލޯ އެންޑް ސްޓީޗް" އަދި "ދި އެރިސްޓޮކެޓްސް" ހިމެނެއެވެ.