ޗަމްޕާ މުހައްމަދު މޫސާ

ހޯރަފުށި އިންޓަނޭޝަނަލް ޕްރީ ސްކޫލަށް އުއްޗުގެ އެހީ

May 21, 2023

ހޯރަފުށި ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"އަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ ބޮޑު އެހީއެއް ދީފި އެވެ.

އުއްޗުގެ ފަރާތުން މި އެހީ ހޯރަފުށި ކައުންސިލާ ހަވާލުކޮށްދެއްވީ އުއްޗުގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ.

މިއީ ހޯރަފުށީގައި 2021 ވަނަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހު އުއްޗު ހޯރަފުށްޓަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އުއްޗުގެ ކިބައިން އެހީއަކަށް އެދުމުން ދީފައިވާ އެހީ އެކެވެ.

އުއްޗު އެހީ ދީފައިވަނީ ތަކެތިންނާއި ފައިސާ އިން ޖުމްލަ 1.17 މިލިއަން ރުފިޔާގެ އެހީ އެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ އަރިސް ވިޔަފާރިވެރިޔާ -- އުއްޗު މީގެކުރިންވެސް ހޯރަފުށްޓަށް ތަފާތު އެހީތައް ދީފައިވެ އެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގައި ކުރިއަށް އޮތް ދިރާސީ އާ އަހަރު ކިޔަވައިދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިވަގުތު މިސްކޫލުގައި ހުރީ 20 ކުދިންނަށް ކިޔަވޭ ގޮތަށް ތިން ކްލާސްރޫމެވެ. ނަމަވެސް އިމާރާތުގެ ފައުންޑޭޝަން އަޅާފައިވަނީ އިމާރާތުގެ ޖާގަ އިތުރުކުރެވޭ ގޮތަށެވެ.