ރައީސް އޮފީސް

ސިޔާސީ ބޭފުޅުންނަށް ހައްޖު އަދި އުމްރާ ޗުއްޓީ ތައާރަފްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ދެ ޗުއްޓީއެއް ތައާރަފްކޮށްފި އެވެ.

މި ދެ ޗުއްޓީ ތައާރަފްކޮށްފައިވަނީ މިއަދު ގެޒެޓް ކުރި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު"ގައި ހިމަނައިގެންނެވެ.

މިގަވައިދުގެ ދަށުން މިއަދުން ފެށިގެން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އުމްރާއަށް ދިއުމަށް 15 ދުވަހުގެ ޗުއްޓީއެއް އަދި ހައްޖަށް ދިއުމަށް 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

ސިވިލް ސާވިސް މުވައްޒަފުން ހައްޖަށްދާ ފުރަތަމަ ފަހަރުނަމަ ސިވިލް ސާވިސް ގަވައިދުގެ ދަށުން ޗުއްޓީއެއް ލިބެ އެވެ. ނަމަވެސް އޭގެފަހުން ހައްޖަށް ދާން ބޭނުންވި ނަމަވެސް އަދިބ އުމްރާއަށް ދާން ބޭނުންވި ނަމަވެސް ދެވޭނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގައިގެންނެވެ.