މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކަށް ހަމަލާ ދިނުން: ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް ގައިގައި ޖަހައި އަނިޔާކުރުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް މީހާ އަށް އަނިޔާކުރީ އޮފް-ޑިއުޓީގައި ހުޅުމާލޭގައި އުޅެނިކޮށެވެ.

އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދިން ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

ގުރޫޕަކުން މި މީހާއަށް އަނިޔާކުރަން ފެށުމުން ފްލެޓަކަށް ވަދެ އެހީތެރިކަމަށް އެދުނު ކަމަށް އެނގިފައިވެ އެވެ.

މިމައްސަލައިގެ ތުހުމަތުގައި މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ.

މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.