ހުޅުމާލެ

ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެ

ހުޅުމާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެ އެވެ.

ފުލުހުންނާއި އާއިލާ އިން ހޯދަމުން ދިޔައީ ޅ. ކުރެންދޫ / ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) އެވެ.

ނާފިއު، ވީނުވީ ތަނެއް ނޭނގިގެން އޭނާގެ އާއިލާއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން މިރޭ ބުނީ ނާފިއު އަމިއްލައަށް މިހާރު ގެއަށް ގޮސްފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ނާފިއު ގެއަށް ދިޔައީ ކޮން ތަނަކު ހުރުމަށްފަހު ކަމަކަށް ފުލުހުން ނުބުނެ އެވެ.