މޯލްޑިވްސް ޕޮލިސް ސާވިސް

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. މޮޑަންހައުސް، އަހްމަދު ނަޒީހް އިސްމާއީލް (28 އ) އެވެ.

ނަޒީހް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

ނަޒީހްއަށް ތުހުމަތުކުރަނީ މަކަރާއި ހީލަތް ހެދުމާއި، ފޯޖު ކުރުމާއި، މަނީ ލޯންޑަރިން އާއި އަދި ކައުންޓާ ޓެރަރިޒަމްގެ ތުހުމަތެވެ. ފުލުހުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހޯދާފައިވާ ކަަމަށް ކޯޓުން އަމުރުން އެނގެ އެވެ.

އަމުރުގައިވާ ގޮތުން ނަޒީހް ވަނީ މީހެއްގެ އަތުން ފޯނެއް ގަތުމަށްފަހު ސައްހަ ނޫން ޑޮލަރުތަކެއް އެމީހާގެ އަތަށް ދީފަ އެވެ.

ރާއްޖޭގައި ސައްހަ ނޫން ޑޮލަރުތަކެއް ދައުރުވަމުންދާތީ ކަމާ ގުޅޭ އިދާރާތަކުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.