ފިނިޕޭޖް

ކިންގ އާތާގެ ވާހަކަ ތަފާތު ގޮތަކަށް އެމްޖީއެމް ޕްލަސް އިން ގެނެސްދެނީ

އިނގިރޭސީ ވިލާތް މިހާރު އޮތްގޮތަށް ގައުމުތަކެއްގެ މައްޗަށް އޮތް އޮތުމުގެ ބަދަލުގައި ކުރިން އެއީ މުޅިން ވަކިވެފައި އޮތް ގައުމެކެވެ. އަދި އޭރު އުޅުނު ކަމަށް ބެލެވޭ ހިތްވަރުގަދަ ކިންގް އާތާއާ ގުޅޭ ވަރަށް ގިނަ ކެރެކްޓާތައް ވެސް ޓީވީތަކުން ފެނިފައިވެ އެވެ. އޭގައި ގިނަ ފަހަރަށް ރޫހާނީ އަދި ޖާދުވީ ކަންކަންވެސް ހިމެނިފައިވެ އެވެ.

މިގޮތުން ކިންގް އާތާގެ ވާހަކަ ދެން އެންމެ އަވަހަށް ފެންނާނީ އެމްޖީއެމް ޕްލަސްގެ "ދަ ވިންޓާ ކިންގް" އިންނެވެ.

ހޮލީވުޑްގެ ލިޔުންތެރިގެން އިހުތިޖާޖު ކުރަމުންދާއިރު ގިނަ ޝޯތަކުގެ ޝޫޓިން ވަނީ މެދުކެނޑިފަ އެވެ. އެހެންނަމަވެސް ކޭޓް ބްރޫކް، އެޑް ވިޓްމޯ އަދި ބާނާޑް ކޯންވެލް ހަދާފައިވާ "ދަ ވިންޓާ ކިންގް" ގެ 10 އެޕިސޯޑަށް ވޭލްސް އަދި ވެސްޓް ކަންޓްރީގައި ޝޫޓިންގް ކުރިއަށް ގެންގޮސް މިހާރު ވަނީ ނިމިފަ އެވެ. މި ސީރީޒް ބިނާކޮށްފައިވަނީ ބާނާޑް ކޯންވެލްގެ "ދަ ވޯލޯޑް ކްރޯނިކަލްސް" އަށެވެ.

މި ސީރީޒްގައި އާތާގެ ރޯލު އަދާކުރަނީ އިޔާން ޑީ ކޭސްޓޭކާ އެވެ. މި ސީރީޒްގެ އިތުރު ކެރެކްޓާތަކުގެ ތެރޭގައި ގުވެނިވިއާގެ ރޯލް ޖޯޑަން އެލެކްޒެންޑާ، ޑާފަލް ކެޑާންގެ ރޯލް ސްޓުއާޓް ކެމްބެލް، ނިމުއޭ ގެ ރޯލް އެލީ ޖޭމްސް، މާލިންގެ ރޯލް ނެތޭނިއަލް މާޓެލޯ-ވައިޓް، ކިންގ އޫތާގެ ރޯލް އެޑީ މާސަން، މޯގަންގެ ރޯލް ވެލީން ކޭން އަދި އޯވެއިންގެ ރޯލް ޑެނިއަލް އިންގްސް އަދާކުރެއެވެ. މި ސީރީޒް ގެނެސްދޭނީ ޑާފަލް ކެޑާންގެ ނަޒަރިއްޔާއިންނެވެ.

"ދަ ވިންޓާ ކިންްގް" ސްޓްރީމްކުރަން ފަށާނީ މިއަހަރުގެ އޮގަސްޓް މަހު އެވެ.