ހުޅުލެއާއި ހުޅުމާލެ ގުޅޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އަށް އަނިޔާވެއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މިއެކްސިޑެންޓް ހިނގީ ސައުދު ދުއްވަން އިން ސައިކަލާއި ޕިކަޕެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ސައުދަށް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.
ސައުދުއަށް މިވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.