އެކްސިޑެންޓް

މާފަރުގައި އެކްސްކަވޭޓަރެއް ފުރޮޅާލައި ބިދޭސީއަކު މަރުވެއްޖެ

ނ. މާފަރު އެއާޕޯޓު ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސްކަވޭޓަރު ފުރޮޅާލި ހާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ޑްރައިވަރެވެ. އެއީ އުމުރުން 35 އަހަރުގެ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:27 ހާއިރު އެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފަ އެވެ.