އެމްއެމްއޭ

އެމްއެމްޕީއާރުސީ ކޮރަޕްޝަންގައި ބޭންކްތަކުން އިހުމާލުވާ ނަމަ ފިޔަވަޅު އަޅާނަން: އެމްއެމްއޭ

Feb 6, 2016
1
0%
0%
0%

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެއްވެސް ބޭންކެއްގެ އިހުމާލެއް އޮތް ނަމަ އެ ބޭންކަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނެރަލް އިއްޔެ އާންމު ކުރެއްވި ހާއްސަ އޮޑިޓް ރިޕޯޓްގައި ބޭންކްތަކުގެ ބައެއް ޕޮލިސީތަކުގެ ދޯދިޔާކަން ފާހަގަކޮށްފައިވާތީ، އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮޑިޓް ރިޕޯޓްގައި ބޭންކްތަކާ ގުޅޭ ގޮތުން ފާހަގަ ކޮށްފައި ހުރި ވަކިވަކި ކަންކަން އެމްއެމްއޭ އިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ ކަންކަން ދިމާވެފައި ހުރީ ބޭންކްގެ އޮޕަރޭޝަނަލް ޕޮލިސީތަކާއި އެ ޕޮލިސީތަކަށް އަމަލު ކުރުމުގައި ހުރި މައްސަލަތަކަކުންތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

"އޮޑިޓް ރިޕޯޓްގައި ހުރި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ބޭންކަކުން އަމަލެއް ހިންގާފައިވާ ނަމަ ނުވަތަ އިހުމާލެއް ވެފައިވާ ނަމަ، މި އޮތޯރިޓީ އިން އެ ބޭންކަކާ މެދު ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

އިއްޔެ އާންމު ކުރި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ އިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ސަރުކާރަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާނުކޮށް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކޮށްފައި ވަނީ، އެމްއެމްޕީއާރުސީއަށް އެކި ކުންފުނިތަކުން ދޫކޮށްފައި ހުރި ޗެކްތަކުގެ ފަހަތުގައި ފައިސާ ޖަމާކުރަންވީ އެކައުންޓް އެންޑޯޒްމަންޓްގެ ގޮތުގައި ޖަހައިގެންނެވެ. އަދި އެފަދަ އެންޑޯޒްމަންޓް ޗެކެއްގައި އެމްއެމްޕީއާރުސީގެ އެމްޑީގެ އިތުރުން ދެ މުވައްޒަަފަކު ސޮއި ކުރަން ކޮމްޕެނީ ޕޮލިސީ ރާވާފައި ވަނިކޮށް، އެ ޗެކްތައް ޖަމާކޮށްފައި ވަނީ އެމްޑީ އަބްދުﷲ ޒިޔަތު އެކަނި ސޮއިކޮށް އެންޑޯޒްމަންޓް ދީގެންނެވެ. އެކަމާ ގުޅިގެން އޮޑިޓަ ޖެނެރަލް ވިދާޅުވަނީ ބޭންކްތަކުގެ ޗެކް އެންޑޯޒްމަންޓް ޕޮލިސީ އަލުން މުރާޖައާކޮށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ހަރުދަނާ ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް އެދިވަޑައިގެންފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކިން ނިޒާމު ހަރުދަނާކޮށް ކަސްޓަމަރުންނާއި އާންމުންނާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ބޭންކިން ނިޒާމަށް އުފެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުށަ

ބޭންކު ތަކުންނޭ ކިޔަނީ ކީއް ކުރަން. ތިހުރިހާ ސަކަރާތެއް ޖަހައިގެން އުޅެނީ ދިވެހި ބޭންކް ތެރެއިން. ބޭންކުން ތިޗެކްތައް ޖަމާ ކޮށް ދީފައި ހުންނާނީ ސީނިއަރ ވަކި މީހެއް. ޖަމާ ކޮށްދިން ކޮންމެ ޗެކަކަށް އެތައް ހާސް ޑޮލަރ ވެސް ދީފައި ހުންނާނީ މިހާރުން މިހާރަށް އެކަން ބަލާފައި އެމީހަކު ވަޒީފާއިން ވަކި ކުރަންވީ. އަދީ ޝަރީއަތް ކޮށް އަދަބު ވެސް ދޭންވީ .

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910