ހަބަރު

ބޮޑު ހިޔާނާތުގެ ހިޔަނި އެޅިފައިވާ ނީޒާ އެމްއެމްއޭ ބޯޑަށް

Dec 8, 2020
10
އެމްއެމްއޭގެ ބޯޑަށް އައްޔަން ކުރެއްވި ނީޒާ އިމާދު -- ފޮޓޯ: އަވަސް
36.4%
27.3%
36.4%

އެމްއެެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ބީއެމްއެލް އިން ތުހުމަތު ކުރި، ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އަނެއްކާ ވެސް އެމްއެމްއޭގެ ބޯޑަށް އައްޔަން ކޮށްފި އެވެ.

އެމްއެމްއޭގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުގަ އެވެ. މި ސަރުކާރުގެ އިކޮނޮނިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނީޒާ އެމްއެމްއޭގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ އަވަސް އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގަ އެވެ.

ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރިއިރު، މިދިޔަ އަހަރު ޖުލައި މަހު އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ބީއެމްއެލްގެ އިސް ބޭފުޅުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތައް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށް، ބީއެމްއެލް އިން މިއަދު ބުނެފި އެވެ. އޭރު އެފްއައިޔޫގެ ހެޑުންގެ ގޮތުގައި ތިއްބެވީ އާތިފު ޝުކޫރާއި ނީޒާ އިމާދު އެވެ. އެ މައްސަލާގައި އާތިފުގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.

ބީއެމްއެލްގެ ފަރާތުން ކޮމެޓީ އަށް ވަޑައިގެންނެވި އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެންޓި މަނީ ލޯންޑަރިންގް ގާނޫނަށް ގަވާއިދުތައް ވުޖޫދަށް އައި ފަހުން އެސްއޯއެފް އިން އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ކުރަމުންދިޔަ މުއާމަލާތްތައް ފާހަގަ ކުރެވިގެން، ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވާފައިވާނެ ކަމަށެވެ.

އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށް ވެސް އޭރުގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވި އެވެ. ނަމަވެސް، އެފްއައިޔޫ އާއެކު ފޯނުން މެދުވެރިކޮށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ކުރި މުއާމަލާތްތަކުގައި، އެއްވެސް އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އެ ވާހަކަ ތަކަށް ރައްދު ދެއްވައި ނީޒާ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ދޮގެއް ކަމަށެވެ. މި މައްސަލާގައި ނީޒާގެ ފާރާތުން ނެރުނު ކުރުކުރު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމަކާ ގުޅިގެން ވަކި ކަމެއް ކުރަން އޭނާގެ ފަރާތްޕުޅުން އެ ބޭންކަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާނެ ކަށާއި އެމްއެމްޕީއާރްސީ އަދި އެސްއޯއެފާ ގުޅޭ ގޮތުން އޭސީސީން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަމިޒާ ޚަލީލް

ބަލަގަ! އިބޫގެ ޒީރޯ ޓޮލަރެންސްގެ މާނަ ރައްޔިތުންނަށް ނޭނގުމަކީ އިބޫގެ މައްސަލައެއް ނޫން. އިބޫ ވިދާޅުވީ ކޮރަޕްޝަނަށް ދެއްވާނީ ޒީރޯޓޮލަރެންސޭ ނޫންތަ؟ އޭގެ މާނައަކީ ކޮްރަޕްޝަންއާ އެއް ގޮތަކަށް ވެސް އަޅުއްވައެއް ނުލައްވާނަމޭ. އެކަމަށް ދެއްވާނީ ހަމަ ސުމެކޭ. އެންމެ ޕަސެންޓެއްގެ މަސައްކަތެއްވެސް ނުކުރައްވާނަމޭ. އެހެންވީމާ އިބޫގެ ވަޢުދު އެބަ ފުއްދަވާ ނޫންތޯ!

މުބީނު މާރނީ

އިބޫ ގެ ޒީރޯ ޓޮލަރެންސް. ޢަލީ ވަޙީދު އަށް ވަގުތުން ފިޔަވަޅު. އަމީނު ގޭގަ މަޑުކޮށްލަން ވެސް އިބޫ ބުނެނުލާ. އިބޫ ގެ ޒީރޯ ޓޮލަރެންސް އަކީ ބޮޑު ޖޯކެއް.

ކުޑަވަގު

ދެން ޖެހިލާތި ރަނގަލށް ތިޔަދިނީ ޗާނސް

ހަނާ

ޕަވަރޕަފް ގަރލްސް ރީޔުނައިޓް 3>

އަލިމާ

ތީ އާއިލީ ކަމެއް، ހުސް --ން އުޅޭނީ. ޒީރޯ ޓޮލެރެންސް އަށް ކަމުދާ ގުރޫޕްތަށް ތީ

އަހުމަދު ނޫމާން

އަޒީމާއާ ނީޒާއަކީ މި މައްސަލަ އެމްއެމްއޭ ތެރެއިން ފޮރުވަން ހުޅުވު ދެ މީހުނެވެ. ލިޔެކިޔުންތައް ބަދަލުކޮށް ހެދީ އެ މީހުންނެވެ. ބައެއް ލިޔެކިުންތައް ގެއްލުމުގެ ކަމަޑްވެސް އަޑު ފެތުރުނު.

ހަނާ

މަރިޔަމްވެސް.

ދެން ސަޅި

ވަރަށް ބަތާބަރެއް ނުން މީ ތަފާތު ވެރިކަމެއް

ޖޯސޭ

އެމްއެމްއޭ އިން ކެނޑިގެންދާ ފަހުންވެސް ތި ވެރިންގެ ކިބައިން މުއައްސަސާ ސަލާމަތެއް ނުވޭ ދޯ؟

ޝިފާ

ތިއާއިލާގަވެސް ގިނައީ ވަގުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345