ހަބަރު

އެސްއޯއެފްގެ މުއާމަލާތްތައް ނުހުއްޓުވީ އާތިފްއާ ނީޒާގެ ލަފަޔަށް

ކުރީގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު -- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
33.3%
0%
66.7%

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތައް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައި ގެންނެވި ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެންޓި މަނީ ލޯންޑަރިންގް ގާނޫނަށް ގަވާއިދުތައް ވުޖޫދަށް އައި ފަހުން، އެސްއޯއެފް އިން އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ކުރަމުންދިޔަ މުއާމަލާތްތައް ފާހަގަ ކުރެވިގެން، ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވާފައިވާނެ ކަމަށެވެ.

އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށް ވެސް ޝަރީފް ހާމަކުރެއްވި އެވެ.

ނަމަވެސް، އެފްއައިޔޫ އާއެކު ފޯނުން މެދުވެރިކޮށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ކުރި މުއާމަލާތްތަކުގައި، އެއްވެސް އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާކަމަށް ބުނެފައިވާ ކަމަށެވެ.

ބޭންްކުން އެގޮތަށް ބުނުމުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވަނީ އެފްއައިޔޫގެ ފަރާތުން ބޭންކަށް އެގޮތަށް އެންގެވި ބޭފުޅުންގެ ނަން ހާމަ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓް ވަގުތީ ގޮތުން ހިފަހައްޓައި، އެފްއައިޔޫއަށް ނޮވެމްބަރު 2014 ގައި ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހިފެހެއްޓީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް އޭގެ ދެ ދުވަސް ކުރިން ހިންގާފައިވާކަން ބޭންކުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ފާހަގަ ވެގެން ކަމަށެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ލަފާ ދެއްވީ އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށާއި، މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ޗުއްޓީއިން އެނބުރިވަޑައިގެން ހަމަ އެގޮތަށް ވިދާޅުވި ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"މުއާމަލާތް ކުރިއަށް ގެންދެވިދާނެ ކަމާއި [އެސްއޯއެފް] އެކައުންޓް ހޯލްޑްއެއް ނުކުރެވޭނެ ކަމަށް، އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުން ވެސް އަދި އާތިފް ޝަކޫރުގެ ފަރާތުން ވެސް އިންސްޓްރަކްޝަން އައީ،" ޔާމީން ވިދާޅުވި އެވެ.

އެފަދަ އެންގުމެއް އެންގިކަން ބީއެމްއެލްއަށް ސާބިތު ކޮށްދެވޭނެތޯ މެންބަރަކު ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އެފްއައިޔޫއާއެކު މުއާމަލާތް ކުރީ ފޯނުގެ އިތުރުން ބޭއްވި ދެ ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ހުންނާނެ ކަމަށެވެ.

އޭރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިސްތިއުފާ ދެއްވާފައި ވަނީ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމަށްފަހު އަނބުރާ ނަން ގެންދިއުމާ ގުޅިގެންނެވެ. ނީޒާ މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި އާތިފުގެ އިހުމާލުވާ ކަމަށް އޭސީސީން ކުރި ތަހުގީގުގައި ވެސް ވަނީ ބުނެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، އެސްއޯއެފްގެ އެކައުންޓުތަކުން ކުރަމުންދިޔަ މުއާމަލާތްތައް އޭގެ ފަހުން ވެސް އެފްއައިޔޫއަށް ރިޕޯޓު ކުރަމުންދިޔަ ކަމަށާއި، ނަމަވެސް، އިތުރު ފިޔަވަޅެއް އަޅަން އެ ޔުނިޓުން އަންގާފައިވާ ނުވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިލްކުރި އެސްޓީއާރާ މެދު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ހިންގަމުންދިޔަ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެކަމަށް ގަބޫލުކުރަން،" ޝަރީފް ވިދާޅުވި އެވެ.

18 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނީޒު

ހީވަނީ ކިރުސަރުބަތު ތައްޓެއްހެން ފައުންޑޭސަނާ އޭތިމީތި އުނގުޅާގެން މޫނުގެ ކުލަ އޮޅުވާލެވިދާނެ އެކަމް ޙިޔާނާތައް ނުފޮރުވޭނެ

މައިސަމް

އެ ހުތުރު ބޮޑު ވައްކަމުގެ ބައިވެރިއެއްކަން ޔަގީން

ޒުބޭރު

ނީޒާ، މަރިޔަމް ޑީޑީ، ކަހަލަ މީހުން އެމްއެމްއޭގައި އުޅުނީ! މި މީހުންގެ ކަމަކީ މުސާރަކާގެން ފޮނިކެޑުން.

ޢަލީ...

ނީޒާ ކުރިން އުޅުނީ ފާތުން މެޑަމް ކިޔާގެން . އެހެން އުޅެނިކޮން ވައި ކެޓީ ދެން ކަޑާލީ އޭގެ ކުރިން މީނާ ގެ ބެސްޓް ފްރެންޑް ފާތުންއަކީ ކިރިޔާ ކަމަކަށްވެސް ފާތުންއަށް ގުޅާލާނީ... މި ނީޒާ މީ މި ސަރުކާތުގައި ބަހައްޓަން ހެޔޮނުވާނެ.

މޫސާ މަނިކު

ނީޒާ ވަނީ އިބޫ ސޯލިހު ހިމާޔަތް ކޮށްފަ. އޭރުގެ އެފްއައިޔޫގެ ވެރިޔެއް އަޝްރަޕް ވަނީ ކޮމިޝަނާރ ހަމީދު ހިމާޔަތް ކޮށް މަގާމް ދޭނެ ކަމަށް ވައުދުވެފަ. އަޝްރަޕް ވަނީ ނީޒާ، އަޒީމާ، އާތިފް ފަދައިން އިހްމާލްވެ ތަނުގެ ސިއްރުތައް އެމްސީ ހަމީދުއަށް އޭނަ ޕޮލިސް ކަމިޝަނަރަކަށް ނުވަނީސް މައުލޫމާތުތަށް ލީކްކޮށްފަ. މައުލޫމާތު ސެލެކްޓިވްކޮށް ހިފަހައްޓާފަ. އަދީބްގެ ކަޅުފައިސާގައި ޖެހުނު ގިނަ އެމްޑީޕީ މެންބަރު ހިމާޔަތް ކޮށްދީފަ

ނީޒާ އާއި މޫސަ

ޢޯކޭ ކަލެމެން ދެމީހުން އެއްކަޗެއް ކާގެން އެހެންވެގެން ދެމީހުންނަ ތިޔަ އިގެނީ އެކަކު ކޭއެއްޗެކާ އަނެކަކު ކޭއެއްޗެއް.... އެއްހެންވީމާ ދެމީހުން ވެސް އިސްތިއުފާ ދޭންވީ ނޫނީ ދެމީހުން ކަންޑާލަންވީ

އިމާދު

ބައްލަވާ މޫސަވެސް. މޫސަ އާއި ބޯއީސް ނޫންތޯ ޑޭޓާތައް ޑިލީޓް ކުރީ... އެމްއެމްއޭގެ ލާރީގަ ކެނެޑާއާއި ވިލާތުން ކިޔެވުނީމަ ތިބޭފުޅާ އާއި އައުވާނުން ދުވީ އަޒީމާގެ ފަހަތުން ނޫންތޯ.. ޕްރޮމޯސަންތައް ލިބުނު ގޮތް ބަލައިލަބަލަ ދެން. އަނެއްކާ މިހާރުގެ ގަވަރުނަރު ނަސީރަކީ ތި ބޭފުޅާގެ ބެސްޓް ފުރެންޑް ނޫންތޯ. މޫސަ ދެން މިވާހަކަ ބުނީމަ އަޅުގަނޑަށް ލިބުނު އެއްޗެހީގެ ވާހަކަ ނުލިޔާތި.

ޝަފީގާ ރިޒާ

ތިރީގައިވާ ކޮލެޖު ބޯއިއަށް. ނީޒާ ވެސް ކުށްވެރިއެއްްނުވާނެ. އައްނި ބޭނުމެއްނުވޭ އެއްވެސްމީހަކުކުށްވެރިކުރާކަށް. ލުތުފީ އެންބަސީގައިބެހެއްޓި ކެރަފާސަލީމާގެ ދަރި އުމަރު ވެސް ކުރިކަމެއްނެތް!

އަރީޝަ

ޝަރީފްގެ ވަހަކަވެސް ރަގަޅު... ކަމެއް ރަންގަޅު ކުރަން ކަމެއް ގޯހުން ދާއިރު އެކަމާ ގުޅޭ ފަރާތތަކުން އެކަން އެމަގުން ކުރަން މަގުފަހި ކުރީމަ ދެން ކުރެވޭނެ ކަމެއް ނޯވޭ......

ޖަބީން

މި އާޓިކަލް ކިޔާލުމުން ހުރިހާ ދިމާލެއްގެ އިހްމާލުވެސް އެބަ ފެނޭ.... ބޭންކުން ބޭންކުގެ ޒިންމާ އަދާ ކުރާމީހުންގެ އިހްމާލު.... އެމްއެމްއޭގެ ފައިނޭންޝަލް ޔުނިޓުން އެތަނުގެ އިސްވެރިން...... ކިހާ ދެރަ ކަމެއް މީ....

ނަސީމް

ސިޔާސީ ކަންކަމުގެ ތެރެއަށް މާލީ އިދާރާތައް ވެއްދުމަކީ ހާދަ ގެއްލުން ހުރި ކަމެކޭ..... މި މައްސަލަ ދިގު ލައިގެން ދާވަރަކށް ބެންކްގެ އިތުބާރު ރައްޔިތުންގެ ކުރިމާތީ އަދި ވަކިން ހާއްސަކޮށް އިންވެސް ޓަރުންގެ ކުރިމަތީ މިދަނީ ވެއްޓެމުން......

ދެން ފަހެ

ދެން ފަހެ ނިޒާ ބުނާނީ ކާކުގެ ވާހަކައެއްބާ....... އަހަރެން ހިތައް އަރާ މީގެން އެއްވެސް މީހަކަށް ބުނަން ކެރޭނެ ބާއޭ އެކަން ކުރީ ރައީސް ޔާމީނު ތިމަނާއާ ގުޅާފަ ބުނީމާ އޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345