ފުވައްމުލައް

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:25 ހާއިރު އެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 18 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހަކަށް ކަމަށެވެ.

ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އަނިޔާވި ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އެނގިފައެއް ނުވެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.