މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:43 ހާއިރު އެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފުރަތަމަ ފަރުވާ ދިން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި އިތުރު ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭ ފަތިހު އެވެ.