ފުވައްމުލައް

ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެކްސިޑެންޓްގައި އަނިޔާވީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދިގުވާޑު ނައިބް ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގީ ރޭ 11:45 ހާއިރު އެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލް ގައެވެ. އެކަމަކު އަނިޔާވި މީހާއަށް އިތުރު ފަރުވާ ބޭނުންވާތީ އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާވި މީހާ މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ.