ފުވައްމުލައް

ފުވައްމުލަކުގައި މީހަކު ގެނބިގެން މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ގެނބިގެން ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.