ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިލަތްދޫ އިން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބިލަތްދޫ އަށް ވަޑައިގެންފި އެވެ.

ރައީސް މިއަދު ބިލަތްދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ބިލަތްދޫގައި ހަދާފައިވާ ފެނަކަ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ވަނީ ހުޅުއްވައިދެއްވާފަ އެވެ. އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވީ އިއްޔެގަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އިއްޔެ ވަނީ ނިލަންދޫ، ދަރަނބޫދޫ އަދި މަގޫދޫ ވަޑައިގެންފަ އެވެ.