ފިނިޕޭޖް

"ދަ ކްރިއޭޓާ"ގެ ޓްރޭލާ ނެރެފި

ޓްވެންޓީތް ސެންޗުރީ ސްޓޫޑިއޯޒްގެ ސައިންސް ފިކްޝަން ފިލްމް "ދަ ކްރިއޭޓާ"ގެ ޓްރޭލާ ނެރެފި އެވެ.

ޖޯން ޑޭވިޑް ވޮޝިންޓަން، 38، ލީޑް ރޯލް އަދާކުރާ މި ފިލްމުގެ ޓްރޭލައިން ފެންނަނީ މުސްތަގުބަލްގައި އިންސާނުންނާއި އާޓިފިޝަލް އިންޓެލިޖަންސް "އޭއައި"ގެ ބާރުތަކާ ދެމެދު ކުރާ ހަނގުރާމަ އެކެވެ.

މި ފިލްމްގައި ޖޯން އަދާކުރަނީ އަނބިމީހާ ގެއްލިގެން ހިތާމަފާޅުކުރަމުންދާ ކުރީގެ ސްޕެޝަލް ފޯސަސްގެ އޭޖެންޓް ޖޯޝުއާގެ ރޯލެވެ.

ޖޯޝުއާ އާއި އޭނާގެ ޓީމަށް ޖެހެނީ ދަ ކްރިއޭޓާ ހޯދާ މަރާލާށެވެ.

ދަ ކްރިއޭޓާ އަކީ އެޑްވާންސްޑް އޭއައިއެއް ހެދި ފަރާތެކެވެ. އަދި އޭނާ އަތުގައި މި ހަނގުރާމަ ނިންމައި، އިންސާނުން ނައްތާލުމުގެ ބާރު ހުރި ހަތިޔާރެއް އުފައްދާފައިވެ އެވެ. އޭއައި ސަރަހައްދަށް ގޮސް ދަ ކްރިއޭޓާ ހޯދާއިރު، އެގެނީ މަރާލަން އަންގާފައިވާ ދަ ކްރިއޭޓާ އަކީ ކުޑަ ކުއްޖެއް ކަމެވެ.

ގެރެތް އެޑްވާޑްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޯންގެ އިތުރުން ޖެމާ ޗެން، ކެން ވަތަނަބެ، ސްޓާޖިލް ސިމްޕްސަން، މެޑެލިން ޔޫނާ ވޮއިލްސް، އެލިސަން ޖެނީ އަދި ރަލްފް އިނޭސަން ހިމެނެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.