ވ. ތިނަދޫ

ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިއަހަރު ފަށަނީ

ވ. ތިނަދޫ
0%
0%
0%

ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށުމަށް ރާވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ވ. ތިނަދޫ ބަނދަރު މަޝްރޫއާ ގުޅޭ ގޮތުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ފެށުމަށް އޮގަސްޓް 16، 2022ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޑައިރެކްޓް އެވޯޑް އުސޫލުން ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.

ނަމަވެސް 2022 ވަނަ އަހަރު ނިމުނުއިރު އެވޯޑް ނުކުރެވި ހުރި ޕްރޮޖެކްޓްތައް ފިނޭންސް މިނިސްޓްރީން ކެންސަލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓުގައި މަޝްރޫއަށް 5.9 މިލިއަން ރުފިޔާ ހިމެނި އެވެ.

ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އަލުން އެވޯޑްކުރުމަށް އެދި އަލުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި 3.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މަޝްރޫއަށް އެއް އަހަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345