ފެލިދޫ

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ވ. ފެލިދޫ ގިރާ ސަރަހައްދު. -- ފޮޓޯ: ފެލިދޫ ކައުންސިލް
0%
0%
0%

ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވުނީ ފެބްރުއަރީ ފުރަތަމަ ދުވަހު އެވެ.

"މިހާރު ކުރިއަށް ދަނީ މި މަޝްރޫއުގެ އީއައިއޭ ހެދުމުގެ މަސައްކަތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުގެ އަގަކީ 33.7 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގިރި

ބ. އަތޮޅު ކެންދޫ ގިރާސަރަހައްދު ހިމާޔަތްކުރިގޮތަށްތޯ އަނެއްކާ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345