އަލީ ޒާހިރު

އަލީ ޒާހިރު ފެލިދޫ ދާއިރާއަށް ވާދަކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް ކަންވެސް ކުރިން ކުރައްވާފައިވާ އަލީ ޒާހިރު މިކަން ހާމަކުރެއްވީ އެކްސްގައި އޭނާ މިރޭ ކުރެއްވި ޕޯސްޓެއް ގައެވެ.

މަޖިލީހަށް ކުރިމަތިލައްވާނެ ކަމަށް ހާމަކުރެއްވި ނަމަވެސް ވާދަކުރައްވާނީ ކޮން ޕާޓީއެއްގެ ޓިކެޓެއްގައި ކަމެއް އަލީ ޒާހިރު ވިދާޅުވެފައެއް ނުވެ އެވެ.

"މިފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެ ދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިއުލާންކުރަމެވެ. ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދެމެވެ." އަލީ ޒާހިރުގެ ޕޯސްޓްގައިވެ އެވެ.

އަލީ ޒާހިރަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާ ިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފެލިދޫ ދާއިރާ އަކީ ރާއްޖޭގައި އާބާދީ އެންމެ ކުދި ރަށްތައް ހިމެނޭ ދާއިރާ އެވެ. އެގޮތުން މިދާއިރާގައި ހިމެނެނީ ވ. ފެލިދޫ, ވ. ފުލިދޫ އަދި ވ. ތިނަދޫ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފެލިދޫ ދާއިރާ އަކީ އަލީ ޒާހިރުގެ އަނބިކަނބަލުން ނިސްބަތްވާ ދާއިރާ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި މިވަގުތު ވަނީ ހުސްވެފަ އެވެ. އެއީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ފަޒުލް ރަޝީދު މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345