ޗަމްޕާ މުހައްމަދު މޫސާ

އުއްޗުގެ އެހީތެރިކަން ފާހަގަކޮށް އަގުވަޒަންކޮށްފި

May 30, 2023

ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިއަހަރުގެ ރަމަޟާން މަހު މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލެސިޓީ ކައުންސިލުން ވަޒަންކޮށްފި އެވެ.

މާލެސިޓީ ކައުންސިލްގެ ފަރާތުން ހަނދާނީ ފިލާއާއި ހަނދާނީލިޔުން އުއްޗުއާ ހަވާލުކޮށްދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ބައްދަލުވުމުގައި އުއްޗު ވަނީ އޭނާ ހަދިޔާކުރި ތަކެތި މާލެސިޓީ ކައުންސިލުން ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ގެންގޮސްދިން ކަމަށް ވިދާޅުވެ ޝުކުރުއަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ޑރ. މުއިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި އުއްޗުއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާ ހަވާލުކުރި ކާށި އަދި 10 ޓަނު ކަރާ މާލެސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފަ އެވެ. އެގޮތުން 3524 މީހަކަށް 50375 ކާށި ވަނީ ބަހާފަ އެވެ. އަދި 2325 މީހަކަށް 4650 ކަރާ ވަނީ ބަހާފަ އެވެ.