މަޖިދީ މަގުގައި ޑިލައިޓް ފިހަރާ ހިންގަމުންދާ -- މއ. ޓިއުލިޕް ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ އަލިފާން ރޯވި އެޕާޓްމަންޓްގައި ރޯވި އަލިފާގަނޑު ސިފައިންގެ އެހީތެރިކަމާ އެކު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ވެސް މައުލޫމާތު ދީފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.