ދަ ޑިމޮކްރެޓްސް

ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން "ދަ ޑިމޮކްރެކްޓްސް"އަށް

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކައުންސިލަރުން ހަސަން ލަތީފްއާ އެކު
0%
0%
100%

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން "ދަ ޑިމޮކްރެކްޓްސް"އަށް ސޮއިކުރައްވައިފި އެވެ.

މާލޭގެ ކާނިވާ ކެފޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީގެ ހުރިހާ ކައުންސިލަރުންގެ ފޯމާ ހަވާލުވެވަޑައިގަތީ "ދަ ޑިމޮކްރެޓްސް"ގެ މުއައްސިސް ހަސަން ލަތީފް އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު އާތިފާ އަލީ މިވަގުތު ލަންކާގައި ހުންނެވުމާ ގުޅިގެން އޭނާ ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް އޭނާވެސް ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ކަމަށް ބައެއް ކައުންސިލަރުން ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުން:

  • މުހައްމަދު އާތިފް (މޭޔަރު)
  • އަލީ އާދަމު (ޑެޕިއުޓީ މޭޔަރު)
  • އަހްމަދު އަބްދުﷲ (ކައުންސިލަރު)
  • ރިލްވާން މުހައްމަދު (ކައުންސިލަރު)
  • މުހައްމަދު ދާއޫދު (ކައުންސިލަރު)
  • އައިމިނަތު މަޖީދާ (ކައުންސިލަރު)
  • އާތިފާ އަލީ (ކައުނސިލަރު)

އެމްޑީޕީގެ ބައެއް ކައުންސިލަރުން "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރަމުންދާއިރު އަދި މިހާތަނަށް އެއްވެސް ކައުންސިލެއްގެ ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ބައެއް މަދު ކައުންސިލްތަކުގެ މެޖޯރިޓީ މިހާރުވެސް ދަ ޑިމޮކްރެޓްސްއަށް ލިބިފައިވެ އެވެ.

ކުޅުދުއްފުށްޓަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެހެންކަމުން މިއީ ކުޅުދުއްފުށި ކައުންސިލެއްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީގައި މި ސަރުކާރުން ވައުދުވެ ކުރަން ބުނި ކަންކަން ކުރިއަށް ނުދާ ކަމަށް އެ ސިޓީގެ މަޖިލިސް މެންބަރުންނާއި މޭޔަރު މީގެކުރިން ތަކުރާރުކޮށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345