ވިޔަފާރި

ދުނިޔޭގެ މަޝްހޫރު ކޮކްޓެއިލް އެކްސްޕާޓް ރާއްޖޭގެ ކޮންރެޑަށް!

Feb 8, 2016

އެކި ބާވަތްތަކުގެ ބުއިންތައް އެއްކޮށްގެން "އެންމެ މީރު" އެއް ރަހައެއް ނެރުމަކީ އާދައިގެ ކަމެއް ނޫނެވެ. ފަސޭހަކަމެއްްވެސް ނޫނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ގްރެންޓް ކޮލިންސްއަކީ މި ކަމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެކަމެވެ. އޭނާގެ މިހާރުގެ މަސައްކަތަކީ ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރިސޯޓުން ޓޫރިސްޓުންނަށްދޭ ބުއިންތަކުގެ ރަހަ ބަދަލުކޮށްލުމެވެ.

"އައިޓީސީއެމް" ނިއުސްގައިވާ ގޮތުން ދުނިޔޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ މިކްސްސޮލޮޖިސްޓް ކަމަށްވާ ކޮލިންސްގެ އެހީތެެރިކަމާއެކު ކޮންރެޑްގައި ގެސްޓުންނަށް ދޭ ބުއިންތަކުގެ ރަހަ އެއްކޮށް ބަދަލު ވެގެންދާނެ އެވެ. އެގޮތުން އޭނާގެ އެހީތެރިކަމާއެކު ކޮކްޓެއިލްގެ މުޅިންއާ މެނޫތަކެއް ނެރޭނެ ކަމަށް ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ރިސޯޓުން ބުނެ އެވެ.

ފަސްތަރީގެ ކޮންޑްރެޑް މޯލްޑިވްސް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ލީން ލުއިސް ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ކޮކްޓެއިލް އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރިޔާ މުޅީންއާ ރަހަތަކެއް ގެނެސްދިނުން ކަމަށެވެ.

"ބޭނުންވަނީ ޓޫރިސްޓުންނަށް ގެނެސްދޭން ދުނިޔޭގެ އެންމެ ފުރިހަމަ އެންމެ މީރު ބުއިންތައް،" ލުއިސް ވިދާޅުވި އެވެ.