ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިެއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
އެ ކުންފުނިން ވަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށްވެސް އެދިފަ އެވެ.