މޯލްޑިވްސް ޕޮލިސް ސާވިސް

ޒުވާން މަންމައަކު ދަރިފުޅާ އެކު ގެއްލިގެން ހޯދަނީ

ހއ. އިހަވަންދޫ ޒުވާން މަންމައަކު ދަރިފުޅާ އެކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ (32އ) އެވެ.

ފުލުހުން ބުނީ އައިޝަތު އިހްސާނާގެ ހަބަރެއް ނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައިޝަތު އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައިޝަތު އިހްސާނާ ގެއްލިފައިވަީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެއްވެސް ފަރާތަކަށް އައިޝަތު އިހްސާނާގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.