ފިނިޕޭޖް

އަލް ޕަޗީނޯއަށް 83 އަހަރުގައި ހަތަރުވަނަ ދަރިފުޅު ލިބެނީ

އުމުރުން 83 އަހަރުގެ އެކްޓާ އަލް ޕަޗީނޯއަށް ހަތަރުވަނަ ދަރިފުޅު ލިބެނީ އެވެ.

އަލް ޕަޗީނޯގެ ލޯބިވެރިޔާ ނޫރް އަލްފަލާހް، 29، މާބަނޑުކަމާއި ބަނޑަށް އަށް މަސް ވެއްޖެ ކަމަށް އަލް ޕަޗީނޯގެ ތަރުޖަމާނު ވަނީ ދަ ހޮލީވުޑް ރިޕޯޓާއަށް ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް މި ދެ ލޯބިވެރިންނާ ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ޓީއެމްޒީއިން ރިޕޯޓްކުރާ ގޮތުގައި މި ދެ ލޯބިވެރިން ގުޅިފައިވަނީ މިދިޔަ އަހަރު އެވެ.

ނޫރް އަކީ ކުވޭތް ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. ނޫރް ވަނީ މިހާތަނަށް ތިން ފިލްމު ޕްރޮޑިއުސް ކޮށްފަ އެވެ. ނޫރް މީގެ ކުރިން ރޯލިން ސްޓޯންގެ މިކް ޖެގާއާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ.

އަލްގެ ފުރަތަމަ ދަރިފުޅު ޖުލީ މާރީ، 33، ލިބިފައިވަނީ އޭރުގެ ލޯބިވެރިޔާ ޖޭން ޓެރަންޓް އަށެވެ. އަދި ބެވަލީ ޑީއެންޖެލޯއަށް 22 އަހަރުގެ ޓްވިންސް އެންޓަން ޖޭމްސް އާއި އޮލީވިއާ ރޯޒް ލިބިފައިވެ އެވެ.

ނޫރްގެ ކުރިން އަލް 10 އަހަރުގެ ލޯބީގެ ގުޅުމެއް އާޖެންޓީނާގެ އެކްޓްރެސް ލުސީލާ ޕޮލަކްއާ އެކު ބޭއްވި އެވެ.

ދާދި ފަހުން އަލްގެ "ދަ ގޯޑްފާދާ 2"ގެ ކޯ ސްޓާ އަދި ގާތް ރަހްމަތްތެރިޔާ ރޮބަޓް ޑި ނީރޯވެސް ވަނީ 79 އަހަރުގައި އަނެއްކާ ބައްޕައަކަށް ވަނީ ކަމަށް ހާމަކޮށްފަ އެވެ.

އަލް ޕަޗީނޯއަކީ "ދަ ގޯޑްފާދާ" ފިލްމް ސީރީޒްގެ އިތުރުން "ސްކާފޭސް"، "ސާޕީކޯ"، "ޑޯގް ޑޭ އާފްޓަނޫން"، "ސެންޓް އޮފް އަ ވުމަން"، "ދަ ޑެވިލްސް އެޑްވޮކޭޓް"، "އޯޝަންސް 13" ހިމެނެ އެވެ.