އަލިފާން

ބްރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބްރިޖްގައި ދަތުރު ކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯ އާއި ފޮޓޯތަކަށް ބަލާއިރު ރޯވެފައިވަނީ ޓެކްސީ ބޯޑް ޖެހި ކާރެއްގަ އެވެ.

ކާރުގައި ރޯވެފައިވަނީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ހުޅުލެއާ ދިމާލުން ބްރިޖް ނިމޭ ތަނުގަ އެވެ.

ކާރުގައި ރޯވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

އެމްއެންޑީއެފްއިން ބުނީ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވި ކަމުފެ މައުލޫމާތު މިއަދު ހަވީރު 4:09 ހާއިރު ލިބުމުން ސިފައިން އެ ސަރަހައްދަށް ގޮސް 4:20 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ނަމަވެސް ކާރެއް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.