އެމްއެންޑީއެފް

ހުޅުމާލެ ކައިރީގައި ސިފައިންގެ ތަމްރީންތަކެއް ކުރިއަށްދަނީ

ހުޅުމާލެ ކައިރީގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށްދާތީ ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ތަމްރީންތައް ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ތަމްރީންތައް ކުރިއަށް ދާނީ ހުޅުމާލޭގެ ބޭރު ފަރާތުން 11 ނޯޓިކަލް މޭލު ބޭރު ގައެވެ.

ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ ބޭރު ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ހުޅުމާލެ ކައިރީގައި ކުރިއަށް ގެންދާ މިތަމްރީންތަކަކީ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.