ރާއްޖެ ކުޅިވަރު

ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

އިންޑިޔާގައި މިހާރު ކުރިއަށް ދާ ސައުތު އޭޝިއަން ގޭމްސްގައި މިއަދު ނޭޕާލް އަތުން 2-0އިން ރާއްޖެ ބަލިވެއްޖެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާއާ ވާދަކޮށް 0-0އިން އެއްވަރުވި ރާއްޖެ ކޮޅަށް ނޭޕާލްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓްގައި އަނޫ ލަމާ އެވެ. ދެ ވަނަ ލަނޑު 89 ވަނަ މެޗުގައި ޖެހީ ނިރޫ ތާޕާ އވެެ.

މި މެޗުން މޮޅުވުން ނޭޕާލަށް ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އާއި އިންޑިޔާ އަށް ޕޮއިންޓެއް ލިބިފައިވާއިރު ބަނގްލަދޭޝް އާއި ލަންކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި ރާއްޖެ ދެން ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމު ކުޅޭ ފުރަޔަމަ މެޗުގައި މާދަމާ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.